ފެރީ ޓާމިނަލުގެ މަސައްކަތް ނިމުމަކާ ގާތަށް

އޭދަފުށީގައި ގާއިމުކުރާ ފެރީ ޓާމިނަލް– ފޮޓޯ/އޭދަފުށީ ކައުންސިލް

ބ. އޭދަފުށީގައި ގާއިމްކުރާ ފެރީ ޓާމިނަލުގެ މަސައްކަތުގެ 90 ޕަސެންޓް ނިމިފައިވާ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.

އޭދަފުށީ ކައުންސިލުން ބުނީ ރަށު ބަނދަރުގެ ހުޅަނގު ޖެޓީ ސަރަހައްދުގައި ގާއިމްކުރާ ފެރީ ޓާމިނަލު މަސައްކަތުގެ 90 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ. މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތް ކަމަށް ކައުންސިލުން ބުންޏެވެ.

ދެ ބުރީގެ އިމާރާތަކާ އެކުގަ ތަރައްގީކުރާ ފެރީ ޓާމިނަލުގެ ތިރީބައި ޚާއްސަ ކޮށްފައިވަނީ މީހުން މަޑުކޮށްލައިގެން ތިބުމަށާއި ފިހާރަ ހިންގަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްގެންނެވެ. އަދި ޓާމިނަލުގެ މަތި ޚާއްސަ ކޮށްފައިވަނީ ވިޔަފާރި އުސޫލުން ކެފޭ ނުވަތަ ރެސްޓޯރަންޓް ހިންގުމަށް ކުއްޔަށް ދިނުމަށެވެ.

މައްސަލަ ބޮޑުވެ މަސައްކަތް ނުނިމި ގިނަ ދުވަސްވެފައިވާ އޭދަފުށީ ފެރީޓަމިނަލް ޕްރޮޖެކްޓަކީ މީގެ 9 ވަރަކަށް އަހަރު ކުރިން އޭދަފުށީ ކައުންސިލުން ފެށި ޕްރޮޖެކްޓެކެވެ. އެ މަޝްރޫއުގެ ދަށުން ފުރަތަމަ އަޅަންފެށި ޓާމިނަލް ފަހުން ތަޅާލައި، އަލުން މިޕްރޮޖެކްޓަށް ބަދަލު ގެނެސް އިމާރާތް ކުރަން ފެށީ 2021 ވަނަ އަހަރު ފަހުކޮޅުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.